ތޫނު ހަތިޔާރު ބޭނުންކޮށްގެން 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފިއެވެ.
މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ މިރޭ 10 ޖަހާކަށްހާއިރު ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މަރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި އެތަނުން އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލަ އާއި ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އިތުރު ހަތަރު ކުދިން ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




