ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
ސީއެސްސީގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައި ވަނީ ތުހުމަތުތަކަކާ ގުޅިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސީއެސްސީން ބުނީ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު،މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 އެވެ. އެގޮތުން އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.



