ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 32 ކައުންސިލަކަށް ސެކެރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދުމަށް އިއުލާނުކޮށްފިއެވެ.
ސީއެސްސީ އިން އިއްޔެ ކުރި އިއުލާނުގައި ވަނީ ވަކި ވަކިން،32 ކައުންސިލަކަށް އެންމެ އެސްޖީއެއް ހޯދަން އިއުލާނު ކޮށްފައެވެ. އެސްޖީން އައްޔަން ކުރެވެނީ ފަސް އަހަރުގެ މުއްދަަތަށެވެ.
ސީއެސްސީ އިން އެސްޖީން ހޯދަން އިއުލާނުކުރި ކައުންސިލްތަކަކީ:
އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ
އދ. ދިއްދޫ/ ކައުންސިލް އިދާރާ
އދ. މަހިބަދޫ/ ކައުންސިލްގެ އިދާރާ
އދ. ހަންޏާމީދޫ/ ކައުންސިލްގެ އިދާރާ
ލ. ދަނބިދޫ/ ކައުންސިލްގެ އިދާރާ
ތ. ގާދިއްފުށީ/ ކައުންސިލްގެ އިދާރާ
ތ. ތިމަރަފުށި/ ކައުންސިލްގެ އިދާރާ
ގއ. ކޮލަމާފުށި/ ކައުންސިލްގެ އިދާރާ
ގއ. ދެއްވަދޫ/ ކައުންސިލްގެ އިދާރާ
ހއ. ވަށަފަރު/ ކައުންސިލްގެ އިދާރާ
ހއ. ކެލާ/ ކައުންސިލްގެ އިދާރާ
ހއ. މުރައިދޫ/ ކައުންސިލްގެ އިދާރާ
ހދ. ހިރިމަރަދޫ/ ކައުންސިލްގެ އިދާރާ
ށ. ފޭދޫ/ ކައުންސިލްގެ އިދާރާ
ށ. މަރޮށި/ ކައުންސިލްގެ އިދާރާ
ށ. ފީވަށްކަ/އުންސިލްގެ އިދާރާ
ނ. ވެލިދޫ/ ކައުންސިލްގެ އިދާރާ
ރ. ވާދޫ/ ކައުންސިލްގެ އިދާރާ
ރ. ރަސްމާދޫ/ ކައުންސިލްގެ އިދާރާ
ރ. މަޑުއްވަރީ/ ކައުންސިލްގެ އިދާރާ
ރ. އިންނަމާދޫ/ ކައުންސިލްގެ އިދާރާ
ބ. ފުޅަދޫ/ ކައުންސިލްގެ އިދާރާ
ބ. ފެހެންދޫ/ ކައުންސިލްގެ އިދާރާ
ބ. ހިތާދޫ/ ކައުންސިލްގެ އިދާރާ
ކ. ތުލުސްދޫ/ ކައުންސިލްގެ އިދާރާ
ވ. ކެޔޮދޫ/ ކައުންސިލްގެ އިދާރާ
ވ. ތިނަދޫ/ ކައުންސިލްގެ އިދާރާ
ވ. ރަކީދޫ/ ކައުންސިލްގެ އިދާރާ
ފ. ދަރަނބޫދޫ/ ކައުންސިލްގެ އިދާރާ
ދ. ރިނބުދޫ/ ކައުންސިލްގެ އިދާރާ
ދ. ކުޑަހުވަދޫ/ ކައުންސިލްގެ އިދާރާ
ދ. މާއެނބޫދޫ/ ކައުންސިލްގެ އިދާރާ
އިއުލާނުގައި ބުނީ އެސްޖީންގެ މުސާރައިގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ) ލިބޭނެ ކަމަށެވެ.އަދި އެހެނިހެން އިނާޔަތުގެ ގޮތުގައި ސީއެސްސީގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
އެސްޖީން ދެ ދަރަޖައަކަށް ބެހޭއިރު އެއް ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 6 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ސީއެސްސީގެ އިދާރާއަށް ތަކެތި ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން އާންމުކުރި އިއުލާނުގައި ބުނެފައި ވެއެވެ.




