ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަތީ މިއަދު ފަތިހު، އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން މިއީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެ ބަރުދަނުގައި ޖުމްލަ 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، 2.1 ކިލޯގެ މެތަމްފެޓަމިން، އެއް ކިލޯގެ ކެޓަމިން އަދި 301 ގްރާމުގެ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.



