އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލައި، ހަނގުރާނަވެސް ހުއްޓަން އެއްބަސްވެފަަައިވީ ނަމަވެސް، އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދީ މީހުން މަރަމުންނެވެ.
އެގޮތުން އިޒްރޭލުން ވަނީ އިއްޔެވެސް ޣައްޒާގެ ދެކުނު އައްސޭރިއަށް ހަމަލާތަކެއްދީ އެ ޤައުމުން ފަސްމީހަކު މަރާލާފައެވެ.
މަރުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވީ، އިޒްރޭލު ސިފައިން ދިން ޑްރޯން ހަމަލާތަކުގެ ސަބަބުންނެވެ. އަދި އެކަކު މަރުވީ ރަފާއަށް އަރައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކަކުންނެވެ.
ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުން ދެމުންގެންދާ މި ހަމަލާތަށް ކުށްވެރިކޮށްފައެވެ. އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަނީ އޭނާގެ ފިނޑިކަމުންނާއި ހަމާސްގެ ހައްޔަރުގައި ތިބި އިޒްރޭލު ސިފައިންނާ ދޭތެރޭވެސް ނުވިސްނާތީ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ޣައްޒާ އާރާސްތުކޮށް ހަމަލާތަށް ދިނުން އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމަށްޓަކައި، ޤަތަރަށް މަޝްވަރާ ކުރަންދާން އިޒްރޭލު ސަރުކާރަށް ވެސް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް މިހާތަނަށް އެކަމަށް މަސްދުވަސް ވެގެންދާއިރު އަދިވެސް އިޒްރޭލުގެ ފަރާތުން މަޝްވަރާ ކުރަން ދިޔުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.



