ޕެންޑަން ކޭކަކީ ރާނބާފަތުން ތައްޔާތުކޮށްލާ ވަރަށް ރަހަމީރު ކޭކެކެވެ.
ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ މި ކޭކަކީ ހަމަޔަގީނުންވެސް ރޯދަ ވީއްލާއިރު ކާލަން ކަމުދާނެ ފޮނި ކާއެއްޗެއްކަމާމެދު ޝައްކެއް ނެތެވެ.
ބޭނުންވާނެ ތަކެތި:
▪︎ 3 ޖޯޑު ރާނބާފަތް (ކުދިކޮށް ކޮށާފަ)
▪︎ 1/2 ޖޯޑު ކާށި ކިރު
▪︎ 1 ޖޯޑު ފުށް
▪︎ 2 ބިސް
▪︎ 1/2 2 ސައިސަމްސާ ބޭކިން ޕައުޑަރ
▪︎ 1/2 ޖޯޑު ހަކުރު
▪︎ ފެން ފޮދެއް
▪︎ 1/2 ޖޯޑު ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
° އެންމެ ފުރަތަމަ 180 ޑިގްރީސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ.
° އެއަށްފަހު ރާނބާފަތްކޮޅާއި، ކާށި ކިރުފޮދާއި، ފެން މިސްޗަރަކަށް އަޅާ ގިރާލުމަށްފަހު ފުރާނާށެވެ.
° ދެން އެއަށްފަހު ބިހާއި ހަކުރާއި ތެޔޮ ރަނގަޅަށް ގިރާ އެއްކޮށްލާށެވެ.
° ދެން އެހެން ތަށްޓެއްގައި ފުށާއި ބޭކިން ޕައުޑަރ އެއްކުރުމަށްފަހު އޭގެ ތެރެއަށް (އެތިކޮޅުކޮޅުން) ކުރިން ގިރި ބިހާއި ހަކުރާއި ތެޔޮފޮދު އަޅާށެވެ.
° އެއަށްފަހު އޭގެ ތެރެއަށް ކުރިން ގިރި ރާނބާފަތްކޮޅާއި ކާށިކިރުފޮދު ވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
° ކޭކު ފިހާ ޓްރޭގައި ތެޔޮފޮދެއް ހޭކުމަށްފަހު އެއްކުރި ކޭކް މިކްސް އެޅުމަށްފަހު ރީތިކޮށް ފަތުރާލާށެވެ. އަދި އެއަށްފަހު 25 މިނެޓަށް އަވަނަށް ފިހަން ލާށެވެ.



