ގިނަ މީހުން ތަންދޫރީ ޗިކަން ބޮޑަށް ކާން ބޭނުންވަނީ ފަރާޓާއާއެކީ ނުވަތަ ރޮއްޓާ އެކީގައެވެ. ނަމަވެސް މިއީ ބަތާ އެކީގައިވެސް ކާން ވަރަށް ކަމުދާނެ ސައިޑް ޑިޝްއެކެވެ.
ރޯދަ ވީއްލުމަށް ތައްޔާރު ކޮށްލަން މިއީ ހަމަ އެންމެ މަގުބޫލު އެކައްޗަަށް ވާނެ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް މަސައްކަތް ފަސޭހަ ކޮށްލުމަށް މިފަހަރު މި ޑިޝް ތައްޔާރު ކުރާނެ ގޮތް މިކިޔައިދެނީ، ތަންދޫރީ ޕޭސްޓު އަޅައިގެންނެވެ. ފިހާރަތުން ވަރަށް އަގުހެޔޮކޮށް މިހާރު ތަންދޫރީ ޕޭސްޓު ލިބޭނެއެވެ.
ބޭނުންވާނެ ތަކެތި:
° 500 ގ. ބޯންލެސް ޗިކަން (ކޮށާފައި)
° 2 މޭޒުމަތީ ސަމްސާ ތަންދޫރީ ޕޭސްޓް
° 2 ލޮނުމެދު (ޗަސްކޮށްފައި)
° 2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
° ½ 1 ސައި ސަމްސާ ގަރަމް މަސާލާ
° ½ 1 ޖޯޑު ޕްލެއިން ޔޯގަޓް
ތައްޔާރުކުރާނެ ގޮތް:
° އެންމެފުރަތަމަ ކޮންޓެއިނަރަކަށް ތަންދޫރީ ޕޭސްޓް، ލޮނުމެދު، ލުނބޯ ހުތް، ގަރަމް މަސާލާ، އަދި ޔޯގަޓް އެޅުމަށްފަހު މީގެ ތެރެއަށް ކުކުޅުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
° އެތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު، މެރިނޭޓް ކުރުމަށް ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާލާށެވެ.
° ދެން އަވަން 180 ޑިގްރީސްއަށް ހޫނު ކުރުމަށްފަހު 40-30 މިނެޓް ވަންދެން މި ކުކުޅުކޮޅު އަވަނުގައި ފިހެލާށެވެ. ތަންދޫރީ ޗިކަން ތައްޔާރުވީއެވެ.



