ޗިލީ ޗިކަން އަކީ ރޮއްޓާ އެކީގައިވެސް އަދި ބަތާ އެކީގަވެސް ކާލެވޭނެ ވަރަށް މީރު ސައިޑް ޑިޝް އެކެވެ.
އާންމުކޮށް ރެސްޓޯރަންޓުތަކުން ގެންނަ މި ޑިޝްއަކީ ގޭގައި ވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
° 1 ސައިސަމުސާ ލޮނު
° 1/2 ސައިސަމުސާ އަސޭ މިރުސް
° 1 ބިސް
° 3/4 ތަށި ފުށް (100 ގ)
° 1 ފެހި ބެލް ޕެޕަރ، ކުދިކޮށް ކޮށާފައި
° 1 ރަތް ބެލް ޕެޕަރ، ކުދިކޮށް ކޮށާފައި
° 3 ރޯ ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
° 3 ބޮޑު ފިޔާ ( ކިއުބްކޮށް ކޮށާފައި)
° 3 ސައިސަމްސާ ސޮޔާ ސޯސް
° 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓު
ތައްޔާރު ކުރާނެ ގޮތް
° އެންމެ ފުރަތަމަ ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ލޮނު، ސޮޔާސޯސް އަދި އަސޭމިރުސް ކޮޅެއް އަޅައި ސީޒަން ކޮށްލާށެވެ.
° ދެން އޭގެ ތެރެއަށް ބިސް ވެސް އެއްކޮށްލާށެވެ. އަދި މަތި ޖަހައިފައި ބައިގަޑިއިރެއް ހައިއިރު މެރިނޭޓް ކުރަން ބަހައްޓާށެވެ.
° އެއަށްފަހު ވަކި ވަކިން ކުކުޅުތަކުގައި ފުށް ހާކާލާށެވެ. އެއަށް ފަހު ތާހަކަށް ތެޔޮ އެޅުމަށް ފަހު ކުކުޅުކޮޅު ތެލުލާށެވެ. ގޯލްޑަން ބްރައުން ކުލައަރަންދެން ތެލުލާން ވާނެއެވެ.
° ކުކުޅުކޮޅު ތެލުލަމުން ދާއިރު އެހެން ތެއްޔަކަށް ފިޔާ، ރޯ ޓޮމާޓޯ ރަތް ބެލް ޕެޕަރ، ފެހި ބެލް ޕެޕަރ އަޅާލުމަށް ފަހު މަޑުވަންދެން ކައްކާލާށެވެ. ރަނގަޅަށް މަޑުވުމުން އެއަށް ސޮޔާ ސޯސް، ޓޮމާޓޯޕޭސްޓް އަޅައި އެއްކޮށްލާށެވެ. ދިޔާ ކުރަން ބޭނުން ނަމަ ފެންފޮދެއް އަޅާލާށެވެ.
° ކައްކައި ނިމުމުން ކުކުޅުތައް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.




