ތިލަމާލެ ބްރިޖްގެ މަސައްކަތުގެ %52 ނިންމާލާފައިވާ ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ އިންސައްތަ ހިއްސާކޮށްފައެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 52.44 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ތިލާމާލެ ބްރިޖް އަޅަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖު ތަރައްޤީ ކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ. މިއީ ބުރިޖަކުން 4 ސަރަޙައްދެއް ގުޅުވާލަދޭނެ ބިޔަ މަޝްރޫޢެކެވެ. މި ބްރިޖު އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ ސެޕްޓެމްބަރު 2026 ގަ އެވެ.



