ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރުން އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލައިފިއެވެ.
ސާންތީ ކޯޗުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާފައި ވަނީ އިއްޔެ ހަވީރު 16:00 ގައި، ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ދަފްތަރު ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި ދަފްތަރުގައި ސްޕޯޓްސް މިނިސްޓަރު ރާފިޢުގެ އިތުރުން ކުޅިވަރު ގިނަ ޚިދުމަތްތެރިންތަކެއް ވަނީ ސޮއިކޮށްފައެވެ.
އެ ދަފުތަރުގައި ސޮއިކުރުން މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށް ދާނެއެެވެ.
ސާންތީ ކޯޗު ވަނީ ރާއްޖޭގެ އެކި ކުލަބުތަކާއި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އުމުރު 51 އަހަރުގެ ސާންތީ ކޯޗު ނިޔާވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ނިޔާވި އިރު އޭނާ ދިޔައީ ކެންސަރު ބައްޔަށްވެސް ފަރުވާ ހޯދަމުުންނެވެ.




