ރ.މަޑުއްވަރީގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ރ. މަޑުއްވަރީގައި ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލައެއް ރޭ 11:28 އެހައި ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ރ. މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދެވިފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މީ އެއްބަނޑު އެއްބަފާ ދެބޭންގެ ދެމެދުގައި 20 ރުފިޔާގެ މައްސަލައެއްގައި ހިނގި ޒުވާބެކެވެ. އަދި މި ޒުވާބުގެ ތެރެއިން އެކަކުގެ ބޮލަށް ވަނީ ވަޅިއެއް ހަރައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



