އެމެރިކާގެ ޔަހޫދީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޣައްޒާއިން މީހުން ބޭރުކުރަން އިތުރަށް މަޝްވަރާ ކޮށްފިއެވެ.
ވައިޓްހައުސްގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ޓްރަމްޕާއި ނަތަންޔާހޫ ވަނީ، އިޒްރޭލުން މިހާރު ނުމަރާ ބާކީ އަދިދުނިޔޭގައިތިބި ޣަައްޒާގެ ރައްޔިތުން ގަދަބާރުން އެ ޤައުމުން ބޭރުކުރުމަށްފަހު، އެމީހުންނަށް ވަޒަންވެރިވެވޭނެ ޤައުމުތަކަކީ ކޮބައިކަމާމެދު މަޝްވަރާ ކޮށްފައެވެ. މަޝްވަރާއަށްފަހު ޓްރަމްޕާއި ނަތަންޔާހޫ ބުނެފައިވަނީ، އެމީހުން ބަލަނީ އަމިއްލައަށް ޣައްޒާ ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރާނެ ފަލަސްތީނު ރައްޔިތުންނަށް ”އެހެން ގޮތެއް“ ހޯދައިދެވޭތޯ ކަމަށެވެ.
ޓްރަމްޕާއި ނަތަންޔާހޫ މިފަދަ ނުބައި ރޭވުންތަކެއް ރާވަމުންދާއިރު، މިކަމާ ބެހޭގޮތުން އެމެރިކާގެ ސެނެޓަރ ކްރިސް ހޮލެން ބުނެފައިވަނީ، ޣައްޒާ ދޫކޮށްދާ ރައްޔިތުންނަށް ވަޒަންވެރިވެވޭނެ ގޮތެއް ހޯދައިދޭނެ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެއްވެސް ރައްޔިތަކު އަމިއްލައަށް ބޭނުންވެގެން ޣައްޒާ ދޫކޮށްފައި ނުދާނެ ކަމަށެވެ. އަދި މިއީ ޓްރަމްޕާއި ނަތަންޔާހޫ މަޖުބޫރުން ކުރުވާ ކަމެއް ކަމަށާއި، މިއީ އެމެރިކާގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ހުންނަ މީހަކު (ޓްރަމްޕް) ބެހެންޖެހޭ ކަމެއް ނޫން ކަމުގައިވެސް ކްރިސް ބުނެފައިވެއެވެ.
އިޒްރޭލުން އިއްޔެވެސް ވަނީ ޣައްޒާގެ 60 ރައްޔިތަކު ޝަހީދުކޮށްލާފައެވެ. މިހަމަލާތައް ހުއްޓާލައި، ބައިނަލްއަގުވާމީ ޤާނޫނުތަކަށް ބޯލެނބުމަށް އެކި ޤައުމުތަކުން އަންނަނީ އިޒްރޭލަށް ގޮވާލަމުންނެވެ. އެގޮތުން ލުބްނާނާއި އެމެރިކާގެ ގިނަ ރައްޔިތުންވެސް އިއްޔެ ވަނީ އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި މަގުތަކުގައި މުޒާހަރާވެސް ކޮށްފައެވެ.



