ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 5,219,456 ގަސް އިންދުމަށް ނިންމާފައިވާއިރު، މިއަދުގެ ނިޔަލަށް 498،968 ގަސް އިންދިފައި ވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ ތެރޭގައި އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް، އެސްޑީއެމް ފާމުން 750,000 ގަސް، އާރުއޭސީއެލްއިން 60,000 ގަސް އަދި ސްޓެލްކޯއިން 500,000 ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.
އަދި އެހެނިހެން ފަރާތްތަކުން 1.3 މިލިއަނަށްވުރެ ގިނަ ގަސް އިންދުމަށް ވަނީ ރޭވިފައެވެ.
2023 ވަނަ އަހަރުގެ ޖޫން 5 ވަނަ ދުވަހު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވާފައިވާ މި ޕްރޮގްރާމަކީ 5 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން މިހާރުގެ އަދި އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމެވެ.



