ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކުރެވިފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަަމަށްވެސް ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގެންފައެވެ. އޭގެތެރޭގައި ގިނައީ އިންޑިއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.


