ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ”އެކްސް“ ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އިއްޔެ އަތުލައިގަނެފައިވާ ކަމަށާއި އެ ތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ވަގަށް އެތެރެ ކުރަނިކޮށް އެ އެއާޕޯޓުން އަތުލައިގަނެފައިވަނީ 130،155 ސިނގިރޭޓް ސްޓިކްއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މީހަކު ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނެރެނިކޮށް މިދިޔަ މަހު ވަނީ އަތުލައިގެންފައެވެ. އެ މައްސަލާގައި ތުހުމަތު އުފުލިފައިވަނީ ފުލުހަކަށާއި ކުރިން ފުލުހަކަށް އުޅުނު މީހަކަށެވެ. އެ ދެ މީހުން ވެސް ހައްޔަރުކުރުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.




