ދެކުނު އެމެރިކާގެ ދެ ޤައުމުކަމަށްވާ ޗިލީ އަދި އާޖެންޓީނާގެ ދެކުނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ބުނީ، މީ 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ.
އަދި މި ބިންހެލުން އައިސްފައިވަނީ ކޭޕް ހޯން އާއި އެންޓާޓިކާއާ ދެމެދު އޮންނަ ޑްރޭކް ޕެސެޖަށް އެންމެ 10 ކިލޯމީޓަރު އަޑިން ކަމަށް ޔޫއެސްޖީއެސްއިން ބުނެފައިވެއެވެ.
މި ބިންެހެލުމާއި ގުޅިގެން ޗިލީއަށް ސުނާމީގެ އިންޒާރު ނެރުނުއިރު، އާޖެންޓީނީއަށް އެފަދަ އިންޒާރެއް ނެރެފައެއް ނުވެއެވެ.
ޗިލީގެ ކަމާބެހޭ ފަރާތްތަކުން މިއަދު ނެރުނު އިންޒާރުގައި ބުނެފައި ވަނީ އެ ގައުމުގެ އެންމެ ދެކުނުގައި އޮންނަ މެގެލަން ކަނޑުއޮޅިގެ މުޅި ގޮނޑުދޮށުގެ ސަރަހައްދުތަކުުން މީހުން ހުސްކުރުމަށް އެދޭ ކަމަށެވެ.
ސުނާމީގެ ނުރައްކާ އޮތް ކަމަށް ބުނެ ޗިލީގެ ނޭޝަނަލް ސާވިސް ފޯ ޑިޒާސްޓާ ޕްރިވެންޝަން އެންޑް ރެސްޕޮންސް އިން ވެސް ވަނީ އެންޓާކްޓިކް ޓެރިޓަރީ، މަގަލޭންސް ސަރަހައްދުގެ ބީޗް ސަރަހައްދު ހުސްކުރަން އަންގައިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް ރިޕޯޓުތަކުން އަދި ބުނެފައެއް ނުވެއެވެ.



