ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ނިންމައިފިއެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު މާދަމާ އަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުސަތުދެއްވާނެކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ ”ރައްޔިތުންނާ އެކު“ މިނަމުގައި މިދިޔަ އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ދެއްކި ޕޮޑްކާސްޓުގައެވެ.



