ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރަން ނިންމި ނިންމެވުމަކީ ފަޚުރުވެރި ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހިގައި ކުރިއަށްދާ ނޫސްްވއެިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އ.ދ ގެ ޤައުމީ މަޖިލީހުގައި ވާނީ ރާއްޖޭގެ އަޑު އިއްވައި އެކި ކަންބޮޑުވުންތައް ވެސް ހިއްވާކުރައްވަވާފައި ކަމަށެ.
”އެގޮތުން ފަލަސްތީނު ވާހަކަތައް ވެސް ވާނީ އިއްވާފައި. ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގާ ގަތުލުއަަންމާ ދެކޮޅަށް ވެސް ވާނީ އަޑު އުފުލައި، ފަލަސްތީނަށް މިނިވަންކަން ގެނެސްދިނުމަށް ވެސް ވާނީ އެ މަޖިލީހުގައި ގޮވާލައިފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ ނިންމުނު ވަަރަށް ވެސް މުހިންމު އަދި އެހާމެ ފަޚުރުވެރި ނިންމުމެއް ކަމަަށެވެ.
ޒަމާނުއްސުރެ ރާއްޖެއަކީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެއްކޮޅަށް އޮންނަ ޤައުމެކެވެ. އިޒްރޭލުގެ ނުބައި ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ނިރުބަވެރި ހަމަލާތަކާއި ދެކޮޅަށާއި، އެ ލޮބުވެތި ރައްޔިތުންނާމެދު ޢަމަލު ކުރަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުނުކުރުމަށް ރާއްޖެއިން އަބަދުވެސް އަޑުއުފުލައި، ގޮވާލާފައިވެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ރަފާގައި ހިންމުންދިޔަ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ކުރި އަމުރަށް މަރުހަބާ ވިދާޅުވުމާއެކު، އެއަމުރަށް ވަގުތުން ތަބާވުމަށް ރައީސް މުޢިއްޒު ވަނީ އިޒްރޭލަށް މިދިޔަ އަހަރުގެ މެއި މަހު ގޮވާލައްވާފައެވެ.




