ހއ. ބާރަށުގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ޕޮލިސް އިންޓެލިޖެންސް އަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން، 2025 މެއި 5 ވަނަ ދުވަހުގެ 07:00 އިން ފެށިގެން އޮޕަރޭޝަންއެއް ކުރިއަށް ގެންދިއަ ކަމަށެވެ.
އަދި މި އޮޕަރޭޝަން ގައި އެރަށުގެ 8 ތަނެއް ބަލައި ފާސްކޮށް މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު އެމީހުންވަނީ ދޫކޮށްލާފައި ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



