ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގެރާމްގެ ދަށުން ނ.ވެލިދޫގައި ގާއިމުކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ އަޕްޑޭޓް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ.
އާރްޑީސީން މީޑީއާތަކަށް މައުލޫމާތު ދެމުން ބުނީ، ވެލިދޫގައި ގާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދާ މަސައްކަތަކީ، ސެންޓަރުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުން ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރެއް ނ ވެލިދޫގައި ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
މިއާއި އެކު އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެކުންފުނިން ވަނީ އޭޕްރިލް 9 ވަނަ ދުވަހު އެރަށަށް ގެންގޮސްފައި އެވެ.
އަދި ވެލިދޫގެ އިތުރުން، ކ. ކާށިދޫ އަދި ލ. ގަމުގައިވެސް ރިހެބިލިޓޭޝަން ސެންޓަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.




