ވިނަރެސްގެ ހަތަރު ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ބޮޑުމިނުގެ ހަތަރު ޔުނިޓެއް ކަމަށެވެ.
މީގެ ތެރޭގައި 755.95 އަކަފޫޓުގެ ޔުނިޓަކާއި، 652.21 އަކަފޫޓުގެ ޔުނިޓަކާއި، 1030.64 އަކަފޫޓުގެ ޔުނިޓެއްގެ އިތުރުން 2442.33 އަކަފޫޓުގެ ޔުނިޓެއް ހިމެނޭ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ހާމަކުރި ގޮތުގައި މި ޔުނިޓުތަކަކީ:
- Vinares01-1-05
- Vinares04-1-06
- Vinares06-G-01
- Vinares08-1-08
މި ޔުނިޓުތައް ކުއްޔަށް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
އެޗްޑީސީން ވަނީ މި ޔުނިޓުތަކުގައި ވަކި ބާވަތްތަކެއްގެ ވިޔަފާރިތައް ހިންގުން މަނާކޮށްފައެވެ. މިގޮތުން ޖިމް، ކާބޯތަކެތި ވިއްކުން އަދި ސްޕާ ހިންގުމުގެ ވިޔަފާރިތަކަށް މި ޔުނިޓުތައް ކުއްޔަށް ނުދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި ޔުނިޓުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެޗްޑީސީ އިން ބުނިގޮތުގައި، ކުއްޔަށް ހިފާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ބަހައްޓަން ޖެހެއެވެ.



