ވައި ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން މެޓް އޮފީހުން ހުދު ސަމާލު ނެރެފި އެވެ.
ހުދު ސަމާލު ނެރެފައިވަނީ މިރޭ 20:30 އެވެ.
މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިރޭ 21:00 އިން ފެށިގެން ދަންވަރު 3:00 އާއި ހަމައަށް އުތުރުގެ އަތޮޅުތަކަށް އެވްރެޖްކޮށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމުގައި ލަފާ ކުރެވޭ ކަމަށެވެ.
އަދި އެވަގުތުތަކުގައި އެސަރަހައްދުތަކުގެ ކަނޑުގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.



