ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އާރްޑީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަ ހުވަދޫގެ މަަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އާރްޑީސީން ބުނީ، މިހާރު ކުރެވެމުން ދަނީ އެރަށުގެ އާކުރި މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
އަދި ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތާއި، މޫނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީންވަނީ މިދިޔަ ހަފްތާގައި ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ސާމާނު އެރަށް ފޮނުވާފައެވެ.

އަދި މިހާރު އާރްޑީސީން އެދަނީ އެރަށުގެ މަގު ހެދުމުގެ އަމާލީ މަސައްކަތް ފަށާ ބާރު ސްޕީޑުގައި ކުރަމުންނެވެ.
ކުޑަހުވަދޫއަކީ 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.



