ލިވަޕޫލްގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު ސަލާހު، އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
މިސްރުގެ ސުޕަރ ސްޓާރ ސަލާހު ރާއްޖެ އައިސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އޭނާގެ 33 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ.
ސަލާހު ހުރީ މާލެ އަތޮޅު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ.
ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތުތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އޭނަގެ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އުފަން ދުވަސް ފާހަގަކުރާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފައިވާ އިރު، އެންމެ ފަހުން ސަލާހް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައި ވަނީ މިއަދުއެވެ.

2017 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގެ ނަން މަޝްހޫރު ކްލަބް ލިވަޕޫލްގައި ކުޅެމުން އަންނަ ސަލާހަކީ މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ.
މީގެ ކުރިން ސަލާހު ވަނީ އޭނާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށްވެސް ރާއްޖެ އައިސްފައެވެ.




