ރާއްޖޭގައި މަރުކަޒީ ޖަލެއް އިމާރާތް ކުރުމަށާއި ކުށްކުރާ ކުޑަކުދިން ރީހެބިލިޓޭޓް ކުރުމަށް ތަރައްގީ ކުރާ ”ހޯޕް އައިލެންޑް“ އިމާރާތް ކުރުމަށް، އެމެރިކާގެ ކުންފުންޏަކާއެކު އިތުރު ތިން ކުންފުންޏެއް ކުރިމަތިލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސަރުކާރުން ރާވާފައިވާ މި ދެ މަޝްރޫޢުއަށް ކުރިމަތިލާފައިވަނީ ދިވެހި ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކާއި، މެލޭޝިއާ އަސި އެމެރިކާގެ ކުންފުންޏަކުން ކުތިމަތިލާފައިވާ ކަމަށެވެ.
މީގެ ތެރެއިން އެ މަސައްކަތް ހަވާލު ކުރާނީ އެންމެ ރަނގަޅު ބައެއް ބެލުމަށްފަހު، އަންނަ މަސް ތެރޭގައި ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ޖަލުތައް ގާއިމުކޮށްފައި ހުރީ، ކަރެކްޝަން އަދި ރިހެބިލިޓޭޝަނަށް ފުރުސަތު ނުލިބޭ ގޮތަށް ކަމަށާއި އެތަންތަން ހުރީ، ހަމައެކަނި މީހުން ހައްޔަރުކޮށްފައި ބައިތިއްބާ ތަންތަނުގެ ގޮތުގައި ކަމަށެވެ.




