ގަވާއިދާ ހިލާފަށް މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކު ކޮށްގެން 420 އުޅަނދެއް މިހާތަނަށް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވުމުން ފުލުހުން ވަނީ މިދިޔަ މަހުން ފެށިގެން އެ ދެ މަގުން ވެހިކަލް ޓޯކުރަން ފަށައިފައެވެ.
އެގޮތުން މިދިޔަ ޖޫން މަހުގެ 12 އިން 30 އަށް އެ ދެ މަގުން ޓޯ ކުރި އުޅަނދުތަކުގެ އަދަދު ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
މަޖީދީ މަގުން:
– 216 ސައިކަލު
– ހަތަރު ފުރޮޅުލީ ދެ އުޅަނދު
– ތަކުރާރުކޮށް އެއް ސައިކަލު
ބޮޑުތަކުރުފާނު މަގުން:
– 216 ސައިކަލު
– ހަތަރު ފުރޮޅުލީ ދެ އުޅަނދު
– ތަކުރާރުކޮށް އެއް ސައިކަލު ޓޯކުރި
ފުލުހުން ވަނީ އެ ދެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ފުލުހުން ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ބަހައްޓާފައި ހުރެއެވެ.



