ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން، 17 އަހަރު ފަހުން އެކުގައި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފިއެވެ.
އަކްޝޭއާއި ސައިފް ކުޅެން ނިންމާފައިވާ ފިލްމަކީ ”ހައިވާން“ ކަމަށާއި އެއީ ތްރިލަރ އެއްކަމަށް ފިލްމުގެ ޑައިރެކްޓަރ ޕްރިޔަދަރްޝަން ވަނީ ބުނެފައެވެ.
ސައިފްއާއި އަކްޝޭ އެކުގައި މަސައްކަތް ކުރުމަކީ މި ދެ ތަރިންގެ ވެސް ގިނަ ސަޕޯޓަރުން ވަރަށް އިންތިޒާރު ކުރަމުން ގެންދިޔަ ދުވަހެކެވެ. މި ދެތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2008 ވަނަ އަހަރު ރިލީޒްވި ”ތަޝާން“ އިންނެވެ.
ހައިވާންގެ ޑައިރެކްޓަރ ޕްރިޔަދަރްޝަން ބުނި ގޮތުގައި އެ ފިލްމުން މި ދެ ތަރިންގެ ހުނަރުވެސް ވަރަށް ފުރިހަމައަށް ފެންނާނެ ކަމަށެވެ.


