ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ގާއިމުކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ އެ މިނިސްޓްރީއާ އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައި ވެއެވެ.
އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
އެއީ:
ހދ. މަކުނުދޫ
ހދ. ނޭކުރެންދޫ
ހދ. ނޮޅިވަރަމްފަރު
ހދ. ވައިކަރަދޫ
ހއ. ކެލާ
ހއ. އުލިގަމު
ހއ. މޮޅަދޫ
ހއ. ފިއްލަދޫ
ށ. ނަރުދޫ.
ށ. ގޮއިދޫ
ށ. ފޯކައިދޫ



