މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:10 އިން ހަވީރު 4:00 އާ ހަމައަށް، ގއ. އަތޮޅުން ގދ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.



