މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ނުވަ ދުވަސް ތެރޭގައި، ނުވަ ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ ނުވަ ދުވަސްތެރޭ ރާއްޖެއަށް ވަނީ 51،952 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާ ބަލާއިރު %16.6 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 44،557 ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.0 ފަތުރުވެރިންނާ އަޅާ ބަލާއިރު %9.4 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،772 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ:
ޗައިނާ – 154،582 ފަތުރުވެރިން
ރަޝިއާ – 134،356 ފަތުރުވެރިން
އިނގިރޭސިވިލާތް – 112،245 ފަތުރުވެރިން




