ރާއްޖޭގެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދުވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލުނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް، ހއ. އަތޮޅުން ތ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ.
އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.



