އެމަޖެންސީގައި އައިޖީއެމްއެޗްއަށް މިއަދު ހެނދުނު ގެންދިޔަ މީހަކު ނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮދިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 10:10 ހާއިރު އެމަޖެންސީކޮށް އައިޖީއެމްއެޗްއަަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހެއް އެ ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ މއ. ސައިނޯސަރު މުޙައްމަދު ރަޝީދު (43އ.) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



