ރ. ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
އެ މަސައްކަތް ފަށައިގެން ކުރިއަށްދާކަން އާރްޑީސީން މިއަދު ”އެކްސް“ ގައި ވަނީ ހާމަކޮށްފައެވެ.
ހުޅުދުއްފާރު ފުޓުބޯޅަ ދަނޑު ތަަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޓާފް އެޅުމަށް ބޭނުންވާ ސާމާނު އާރްޑީސީ އިން އެ ރަށަށް ފޮނުވާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގައެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުުރަން އާރްޑީސީން ވަނީ އެއްބަސްވެފައެވެ.




