މާލޭގެ ގައި ކަނޑިއާއި ވަޅިތަކެއް ހިފައިގެން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކާއި އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ.
މި ދެމީހުން ހައްޔަރުކުރީ އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އެ މީހުން އަތުން ކަނޑިއަކާއި އާދައިގެ ވަޅިއެއްގެ އިތުރުން ސާޖިކަލް ވަޅިއެއް ވަނީ ފެނިފައެވެ.
ފުލުހުން ފެނުމުން އެ މީހުން އަތުގައި އޮތް ސަޖިކަލް ވަޅި ބިންމައްޗަށް އެއްލާލި ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.



