މާލެއިން ގެއްލިގެން ރޭގައި ހޯދަން އިއުލާނު ކުރި މާލެ، ގ.ގާރނެޓް / ޙަސަން ޔާމީން (30އ.) އަދިވެސް ނުފެންނަ ކަމުގައި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.



