ރާއްޖޭގެ ސިޔާސީ މަގަަމުތަކުގައި މިވަގުތު ތިއްބެވީ 922 ބޭފުޅުން ކަމުގައި ރައީސް އޮފީހުން ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އެ އިއުލާނު ކުރައްވާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެގޮތުން ސިޔާސީ މަގާތުތަކުގައި މިވަގުތު ތިބި މުވައްޒަފުން ފެތޭ ގިންތިތަކަކީ:
° މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅުން
° މިނިސްޓަރުންގެ ފެންވަރުގައި 14 ބޭފުޅުން
° ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
° ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 7 ބޭފުޅުން
° ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
° ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
° ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
° ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 8 ބޭފުޅުން
° ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
° ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 4 ބޭފުޅުން
° އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅުން
° އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން
ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި އިސްތިއުފާ ދެއްވުމާއި އަދި އަލަށް ބޭފުޅުން އައްޔަންކުރެއްވުމަކީ ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައި ވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް އަބަދު ވެސް ބަދަލު އަންނަމުން ދާނެ ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.



