ދަގަނޑު ހޮޅިއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ އުމުރުން ދުވަސްވީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެކެވެ.
މި ދެ މީހުންގެ ވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ދަގަނޑު ހޮޅި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެކެވެ. އަނެއް މީހަކީ އއ. މަތިވެރީ މީހެކެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުންނަކީވެސް ބަންދު ރެކޯޑް އޮތް ދެ މީހުންނެވެ.




