ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ކުރިއަށްގެންދާ ”މަވައްދަތު“ ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި ފޯރަމް ކުރިއަށްދާނީ އެ ދުވަހު 20:00 އިން 22:30 އަށެވެ.
މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ”ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް“ މި މަޢޫޟޫއަށް ކަމުގައި އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.
މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ”ކައިވެނީގެ ކުރިން“ މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި ”ކައިވެންޏަށް ތައްޔާރުވުން“ މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ ”ކައިވެނި ކުރެވުމާއެކު“ މި މަޢުޟޫއަށެވެ.


