އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:00 އިރުއޮއްސި 6:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އިއްޔެ ލަފާކޮށްފައެވެ.
އެގޮތުން މެޓުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައި ގަދަވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކަނޑުތައްވެސް ގަދަވުމުގެ އިތުރުން އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.


