ކަސްޓަމްސްގެ 135ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ކަސްޓަމްސްގެ 135 ވަނަ އަހަރީ އުފަލުގައި ބައިވެރިވެވަޑައިގެން، އެ މުއައްސަސާގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
”ޤައުމީ ޚިދުމަތުގައި ކަސްޓަމްސަށް އަބަދުވެސް އަޅުގަނޑު އެދެނީ ކުރިއެރުމާއި ކާމިޔާބީ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ކަސްޓަމްސްގެ ޚިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 18 ޖުލައި 1890 ވަނަ ދުވަހު ބަންޑާރަ ފިހާރައިގެ ނަމުގައެވެ.
އެހެންކަމުން ކަސްޓަމްސްއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާއެވެ.



