މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބައްދަލުކުރެއްވުމަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް އާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމެވެ.
ރަސްގެފާނާ އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ދަތުރުފުޅުގެ ތެރޭގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން، ވިޔަފާރި، ވުނަކުރުން އަދި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއްކުރެވުނެވެ.
އަދި ލަންޑަންގައި ބޭއްވުނު ބިޒްނަސް ފޯރަމެއްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.




