ތުއްތު ކުއްޖަކު އުފަންވިއިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލާގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ސ. ހިތަދޫ، އުޖާލާ / އާމިނަތު ޝިފްޒާ (40އ.) އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހޯދަނީ، ކުއްޖާއަށް އިހުމާލުވި މައްސަލައިގައެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ ޝިފްޒާ ހޯދަމުންދަނީ، ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމަށް ޝިފްޒާ ހާޒިރުވާން އަންގާފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް، 27 ޖުލައި 2025 ވަނަ ދުވަހުގެ 14:00 އަށެވެ.
މަސްތުވާތަކެތީގެ މިފަދަ ކޭސްތަކުގައި، އެ ކުއްޖާ ގިނަ ފަހަރަށް ދައުލަތަށް ނަގަ އެވެ. އާއިލާ އިން ޒިންމާ ނަގާނެ ބަޔަކު ތިބި ނަމަ އެ ބަޔަކާ ވެސް ހަވާލުކުރެއެވެ.



