ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދައިފިއެވެ.
މިއަދު މެންދުރު ފަހުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން ފާހަގަކުރެވެއެވެ.
115 ފޫޓުގެ މި ދޯނީގައި އަލިފާން ރޯވުމާ ގުޅިގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.
ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ދޯންޏަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގި ސަބަބާ ގުޅޭގޮތުން މި ވަގުތާ ހަމައަށް އަދި އެމްއެންޑީއެފާއި ފުލުހުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.



