އދ. މަހިބަދޫގައި ހަދަމުންދާ ފުޓްސަލް ދަނޑުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ހިއްސާކޮށްފިއެވެ.
އާރްޑީސީން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މަހިބަދޫ ގައި ހަދަމުންދާ ފުޓްސަލް ދަނޑަށް ބޭނުންވާ ޓާފް ވަނީ އެރަށަށް ގެންދެވިފައި ކަމަށެވެ.
އަދި މިވަގުތު ކުރިއަށްދަނީ މަހިބަދޫ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތްކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.

މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވިފައިވަނީ 1,765,248 ރުފިޔާއަށް، 2025 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ.
އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުުރަން އާރްޑީސީން ވަނީ އެއްބަސްވެފައެވެ.



