ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތަށް މިއަދު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން ފުލުހުން ވިދާޅުވީ މިއަދު މެންދުރުން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެ ކަމަށެވެ.
ޓްރެފިކް ފްލޯއަށް އަންނަ ބަދަލު:

ހެވިކަމާ ކުޅިވަރުގެ ހަރަކާތްތަށް އޮންނާނީ މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައެވެ.
މީގެއިތުރުން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު 4:15 ގައި، އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތަކާއި، ޕެރޭޑު އަދި ޤައުނީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓްމާޗް އޮންނާނެވެ. މި ހަރަކާތް މާދަމާ ހަވީރު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ވެސް އޮންނާނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މީގެއިތުރުން މާދަމާ ރޭ 8:30 ގައި، މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ބާއްވާ ފުޅަނދުބުރު އޮންނާނީ 28 ޖުލައި ވަނަ ދުވަހުގެ ރޭ 8:30 ގައި، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ.



