ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހާ ގުޅިގެން ޤައުމީ ދިފާއީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު އޮންނާނެއެވެ.
މި ހިނގާލުން ފެށޭނީ ހަވީރު 4:15 ގައި ބަންޑާރަކޮށިންނެވެ.
ޤައުމީ ދިފާއީ ބާރުން ބާއްވާ މި ހިނގާލުމުގެ ތެރެއިން ޖުމްލަ 4 ތަނެއްގައި ލަޝްކަރު މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
މިނިވަން ދުވަހުގެ ޚާއްސަ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
ޚާއްސަ ހިނގާލުމުގައި މަޑުކުރާ ސަރަހައްދުތައް:
° ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
° މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި
° މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި
° ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި




