ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހާ ގުޅިގެން، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތައް މިހާރު ފެށިގެން ކުރިއަަށް އެބަދެއެވެ.
ފޯރިގަދަ ސަގާފީ ނެށުންތަކާއި ބޮޑުބެރުގެ ހުށަހެޅުންތަކާއެކު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.
މިނިވަން ދުވަހުގެ މި ޚާއްސަ ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތު ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އަދި އޭނާ އަނބުރާ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
މިއަދުގެ މި ހަވީރުގައި ޤައުމީ އަސްކަރިއްޔާގެ ފަރާތުން ހެވިކަމާއި ޚާއްސަ ހިނގާލުމެއް ވެސް ވަނީ ފަށާފައެވެ.




