ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނާކަޔައަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް މިއަދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތް ދަމޫލެއްގެ ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލުގައި ރައީސް މުޢިއްޒު ވެސް ހުންނެވިއެވެ.
އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފަ އެވެ.
ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދާނެއެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެއެވެ. ދެ ޤައުމުގެ މެދުގައި އެ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގައެވެ. އަދި ރާއްޖެއާ އެކު ޚާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ޝްރީ ލަންކާއެވެ.
އީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ލަންކާގެ ރައީސް ރާއްޖޭގައި ހުންނަވާނީ ތިން ދުވަހަށެވެ.




