އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ލަންކާއާ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ކުރުނބާ މޯލްޑިވްސްގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ތަރައްޤީއާ އިޤްތިޞާދީ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ.
އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.
ލަންކާގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުފުުޅުގެ ތެރެއިން އިއްޔެ ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު ޖޮއިންޓް ޕްރެސް އެއްވެސް ދެެެއްވާފައެވެ.
އަދި ރާއްޖެއާއި ލަންކާއާ ދެމެދު އިއްޔެ ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭން އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ.



