އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ހުޅުވި އައިނު ފިހާރަ (އެމްސީޖީއެޗް) ހުޅުވިފަހުން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފިއެވެ.
އައިޖީއެމްއެޗް އިން މިކަން ހާމަކޮށްފައި ވަނީ ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އައިޖީއެމްއެޗްއިން ބުނީ އައިނު ފިހާރަ ހުޅުވި ފަހުން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފައިވާ ކަމަށެވެ.
އަދި ލޮލުގެ ނަންބަރު ނެގުމުގެ ޙިދުމަތް ހޯދުމަށް އެދި 1267 ފަރާތަކުން އެދިފައިވާކަމަށް އައިޖީއެމްއެޗްއިން ބުނެފައި ވެއެވެ.
ސަރުކާރުގެ އައިނު ފިހާރައިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުންނެވެ.
ސަރުކާރުގެ އައިނު ފިހާރައިގެ ޚިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށް ލިބެން ހުންނާނެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު 3335150 އަށް ގުޅައިގެން ލިބޭނެއެވެ.




